އެއްގަމު އުޅަނދުގެ ލައިސަންސް ނެންގެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމެއް މިކައުންސިލާއި އަދި މިރަށު ޕޮލިސް ޑެސްކް ގުޅިގެން ކުރިއަށް ގެންދިއުމަށް މިވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިމިވާ ލިންކަށް ވެންނެވުމަށްފަހު ރަޖިސްޓަރ ކުރެއްވުން އެދެމެވެ. 
 
މި ޕްރޮގްރާމްގެ ތެރެއިން ތިރީގައި މިދަންނަވާ ކަންކަމަށްވެސް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
  • އީފާސް އެކައުންޓް ހެދުމުގައި އެހީތެރިވެދިނުން
  • ސިމްސް ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ލައިސަންސް ނެގުމަށް ތިއަރީ ދަސްކުރުމުގައި އެހީތެރިވެދިނުން
  • ދުއްވަން ދަސްކޮށްދިނުމާއި ޓެސްޓަށް ދުއްވާނެ އުޅުނދު ހޯދައިދިނުން
  • ޓެސްޓްގައި ބައިވެރިވުމަށް ދަތުރު ހަރަދު ހަމަޖައްސައިދިނުން

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިމިވާ ލިންކަށް ވެންނެވުމަށްފަހު 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. 

ބައިވެރިވުމަށް އެދޭ ފޯމް