ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއް ސިނާޢު ގައި ނެވިލޯނު އެޅުމުގެ މަސައްކަތް ކައުންސިލްގެ އިސްނެގުމާއެކު ކުރިއަށް އެބަދެއެވެ. މިމަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ އެދިލެއްވުމަށް މިރަށުގެ އަޚުންތަކެއް ދަރުމައަށްޓަކައި ކޮށްދޭ މަސައްކަތެއްގެ ގޮތުގައެވެ.
މިމަސައްކަތް ރަމަޟާންމަސް ފެށުމުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވެއެވެ.
 
މީގެ އިތުރުންވެސް، މިސްކިތުގެ އާބާތުރަ ފިލިވުމުގެ އެހެނިހެން މަސައްކަތްތައްވެސް މިހާރު ކުރިއަށް އެބަދެއެވެ.